ޚަބަރު

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރު ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދީފިއެވެ.

Ads by MWSC

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް އެމެމްބަރުންގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން އެ މެމްބަރުން ހާމަކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން އެ ޕާޓީން ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

މެމްބަރު މުޙައްމަދު ޝިފާޢުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް އެ ޕާޓީގެ ފަރާތުން ވަނީ ގޮވާލާފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީހިނދު, އެ ދުސްތޫރީ ޒިންމާއަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ އެ ޕާޓީން ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެމެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ އެއްމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by HDC
  1. ތިމީހުންގެ އަޑި ވ ނުބައިކަމުގެ ހެއްކެއް ތީ އަމިއްލަ ގައުމުގެ މުއައްސަސާތަކުގަ ހުޅުޖަހާ އަންދާލި ޕާޓީ އެމްޑީޕީ

    • ތި ހުރިހާ ކަމެއްވެސް ވާނެ މައިތިރި ނާރައިގެން އުޅެންޔާ… ދެން އޮންނާނީ އެމްޑީޕީގެ ފިލްމަކަށް ފިލްމެއް ނެރުން…

  2. ބިރުވެރި

    ޝައިތޯނީީ ޢަމަލެއް