ޚަބަރު އިޖުތިމާޢީ

ދަރިފުޅު މަންމައަށް ހަމަލާދިން މައްސަލަ ވަގުތުން ބެލުމަށް ދުންޔާ ގޮވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
ދުންޔާ މައުމޫން: ފޮޓޯ ދެން އިމޭޖަސް

ޭރޭގެ ވަގުތެއްްގައި ހުޅުމާލޭގައި މަންމަ އަކަށް ފިރިހެން ދަރިފުޅު ވަޅިން ހަމަލާދިން މައްސަލަ ވަގުތުން ބެލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

Ads by STELCO

ދުންޔާ މިގޮތަށް ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހުޅުމާލޭ ފްލެޓެއްގައި ރޭގެ ވަގުތެއްގައި މަންމައަކަށް ފިރިހެން ދަރިފުޅު ވަޅިން ހަމަލާ ދިނުމުން އެ މަންމަގެ ހާލު ސީރިއަސް ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ލިޔެފައިވާ ހަބަރު އެކްސްގައި ހިއްސާކޮށް ދުންޔާ ވިދާޅުވީ މި ހަބަރަކީ ކުއްލި ސިހުމަކާއި ނުހަނު ފުން ހިތާމައެއް ގެނުވި ހަަބަރެއް ކަމަށެވެ.

އަނިޔާ ލިބުނު ފަރާތަށް އަވަސް ޝިފާއެއް ލިބުމަށް އެދި ދުންޔާ ވަނީ މި މައްސަލަ ވަގުތުން ބައްލަވައި، އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައި ދިނުމަށް ގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

ފުލުހުން ރޭ ބުނީ ވަޅިން ހަމަލާދީފައި ވަނީ އާއިލީ މައްސަލައެއްގައި، ދަރިފުޅު އޭނާގެ މަންމައަށް ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި 51 އަހަރުގެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން މީހާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށާއި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އައިޖީއެމްއެޗުގައި އޭނާ އަށް ފަރުވާދެމުންދާ ކަމަށެވެ.

Ads by Allied Insurance
  1. ޙުސެން

    އެނަފްސާނީވީ