ޚަބަރު

މުސާރަ ބޮޑު ކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އެހެނިހެން ސިޔާސީ މަގާމްތަކުގައި ތިބި ފަރާތްތަކުގެ މުސާރަ ބޮޑުކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފިއެވެ.

Ads by Sosun Fihaara

ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް މެމްބަރު އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި އެސްއޯއީތަކުގެ އިސްވެރިންނާއި އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް ޑިމޮކްރަޓުން ތްރީ ލައިން ރެޑް ވިޕްލައިނެއް ނެރެފައިވާ ކަމަށެވެ.

އަދި އެ ހުށަހެޅުން އަލުން މުރާޖައާ ކުރުމަށް ކޮމެޓީއަށާއި އެމްޑީޕީއަށް ވެސް ގޮވާލާފައިވާ ކަމަށާއި ޤައުމުގެ މާލީ އަދި އިޤްތިޞާދީ ޙާލަތާއި އައުޓްލުކްގެ ސަބަބުން ސިޔާސީ ބޭފުޅުންނަށް މުސާރަ ބޮޑުވުމަކީ ޞައްޙަ ކަމެއް ނޫން ކަމަށް އީވާ ވިދާޅުވިއެވެ.

މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި، މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެއެވެ.

 

Ads by Ooredoo
  1. ގައުމު

    މުޅިގައުމުއެއްކޮއްް ބަގުޑި