ޚަބަރު

ލަމްހާ އަނބުރާ ޖަލަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަލުން ޖަލަށް ބަދަލު ކޮށްފިއެވެ.

Ads by Sosun Fihaara

މޭރީ މަރުވެފައިވަނީ 2021 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ. އޭނާގެ ފިރިމީހާ މާވިން، މޭރީ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު، އެކަން ހިނގައިދިޔަ ގޮތް އޮޅުވައިލަން މަސައްކަތް ކޮށްފައިވެއެވެ. މާވިންގެ ލޯބިވެރިޔާ ކަމަށް ތުހުމަތު ކުރޭވޭ ލަމްހާ އަށް އޮތީ، އެކަމަށް އެހީވެ، ބައިވެރިވިކަމުގެ ތުހުމަތެވެ.

ލަމްހާގެ ބަލި ހާލަތު ހުރިގޮތުން އޭނާ ޖަލުން ގެއަށް ބަދަލުކުރީ ފާއިތުވި ނޮވެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އެ މައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށައެޅީ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. ލަމްހާ ބަންދުން ދޫކޮށްލާފައިވަނީ 3 މަސް ދުވަހަށެވެ.

މި މަހުގެ 20 ވަނަ ދުވަހު، އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރި ހުކުމުގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ދެމިއޮތް ކަމަށް ކަނޑައަޅާފައެވެ.

ހައި ކޯޓުން އަމުރާއެކު ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފައިވާކަން ކަރެކްޝަންސްއިން ކަށަވަރު ކޮށްދީފައި ވެއެވެ.

 

Ads by Ooredoo
  1. މީހުންމެރުމާއި މަރަންބައިވެރިވާމީހުންނާއިި ވައްކަންކުރާމީހުންނާއިި ޒިނޭކުރާމީހުންނާއި މީހުންގެހައްގުތަކައްއަރައިގަންނަމީހުންނައިސްލާމްދީނުގައިއޮންނައަދަބުދޭންފަށާބަލަކުއްމަދުވާނެ

  2. ޟަހުވާީނ

    �����