ޚަބަރު

މި ފަހަރުވެސް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިން

އަލީ ސަމާޙް ، ދެން އޮންލައިން

ރަޝިޔާ ފަހަތަށް ޖައްސާލައި އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ މަގާމު އިންޑިއާ ހޯދައިފިއެވެ.

Ads by Hajj Corporation

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރު އެ ގައުމުން އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 205،278 އެވެ. އެއީ 11.2 އިންސައްތަ ފަތުރުވެރިންނެވެ.

މީގެ ކުރިން އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ރަޝީޔާ ފަހަތަށް ޖައްސާލާފައިވާއިރު އެ ގައުމުން އައި  203،539 ފަތުރުވެރިންނާއެކު އައިސްފައިވާއިރު ޝެއާ  އުޅެނީ 11.1 ޕަސެންޓުގައެވެ.

ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެ ގައުމުން އައިސްފައިވަނީ 185،761 ފަތުރުވެރިންނެވެ. އެއީ 10.1 ޕަސެންޓެވެ. ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން އިނގިރޭސިވިލާތުން އައިސްފައިވާއިރު  ފަސް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަނުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ކޮންމެ ދުވަހަކު އެވްރޭޖްކޮށް 4000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އޭޕްރީލް މަހުއެވެ. އެ މަހު އެކަނިވެސް 164،357 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 1،834،759 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު މިއީ ރެކޯޑް އަދަދެެކެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،675،303 ފަތުރުވެރިންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އާއްމު ގޮތެއްގައި ހަތް ދުވަސް މަޑުކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!