ޙައްޖު ކޯޕަރޭޝަނަށް ކޮންމެ ރަށަކުން އެޖެންޓުން ހޯދަނީ
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކާއި ރަށެއް ހިމެނޭގޮތަށް އޭޖެންޓުން ހޯދުމަށް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޖެންޓުން ހޯދުމަށް ނިންމާފައިވަނީ އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޚިދުމަތްތަކާގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
އެޖެންޓަކަށްވާން ބޭނުންފުޅުވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ޑޮކިއުމެންޓްތައް 15 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެއެވެ/
- އޭޖެންޓް ކަމަށް އެދި ހުށަހަޅާ ފޯމް (ލިންކް)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަނަވަރު / ޕްރޮފައިލް
- ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތަކުގެ ކޮޕީ
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާ ނުވަތަ ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.
އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވަން ޙައްޖު ކޯޕަރޭޝަނުން އެދެއެވެ..