Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ 2 ވަނަ ފޭސް ފަށައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ 2 ވަނަ ފޭސް ފަށައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް މިއަދުު ފަށައިފިއެވެ.

ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ 10 ހެކްޓަރ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައެވެ. ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރ އެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރ އެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް އަރބަންކޯގެ މެނޭޖިން ޑިރެކްޓަރފޭސް 3 ސަރަހައްދަށް މިއަދު ޒިޔާރަތް ކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

ބިން ހިއްކާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަތަމަ ސްޓޭޖްގެ ބިން ހިއްކުމަށް ފަހު، ޑްރެޖަރ ގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް، މި ޕްރޮޖެކްޓްގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާކަމަށެވެ.

މީގެ އިތުރުން މިސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބިން ދޫކުރުމަށް ހަމަޖެހިފައި ވާކަމަށް ވެސް ވިދާޅުވިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ތަރައްގީވެގެން ދާއިރު ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް