ޚަބަރު

ސަން ސިޔާމްގެ ބައްޕާފުޅު ނިޔާވެއްޖެ, ޖަނާޒާ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު، ނ. ކުޑަފަރީ، ކާމިނީގޭ މުޙައްމަދު ޤާސިމް ނިޔާވެއްޖެއެވެ.

Ads by Hajj Corporation

ޤާސިމް ނިޔާވެފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ.

އުމުރުން 81އ ގެ ޤާސިމް ނިޔާވިއިރު މި ވަގުތު އޭނާގެ 9 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި ޤާސިމް ނިޔާވެފައި ވާއިރު، ސިއްހީ ހާލަތު ގޯސްވެ، މީގެ ދެ ދުވަސް ކުރިން އޭޑީކޭ ހޮސްޕިޓަލުގައި އެޑުމިޓުކޮށްގެން އޭނާ އަށް ވަނީ ފަރުވާދޭން ފަށާފައެވެ.

ސިޔާމްގެ ބައްޕާފުޅުގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި، އަޞުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު އޮންނާނެއެވެ.

Ads by Ooredoo
  1. އައިޝާ

    އިންނާލިﷲވައިންނާއިލައިހިރާޖިއޫން އަޙްމަދު ސިޔާމްގެ
    ބައްޕާފުޅައް ސުވަރުގޭގެ ހެޔޮރަހުމަތް ލައްވާޝި އާމީން