Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ޤާނޫނު އަސާސީއާ ޚިލާފު, ނުފައިބައިފިނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާނެ: ރައީސް

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ޤާނޫނު އަސާސީއާ ޚިލާފު, ނުފައިބައިފިނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާނެ: ރައީސް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ, ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް ކަމަށާއި, ސިފައިން ރާއްޖެއިން ނުފައިބައިފިނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް ކަމަށް އިންތިޚާބުވުމަށްފަހު އިންޑިއާގެ ނޫހަކަށް ފުރަތަމަ ދެއްވި އިންޓަރވިއުގައެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު, ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓް ކުރަމުން އަންނަ ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުގެ އެކި ސާވިސްތައް ދޭން އިންޑިއާގެ 88 ސިފައިން އެބަ ތިއްބެވެ.

Advertisement
Ooredoo — Square (box)

އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުމާއި އެ ފަރާތްތަކުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކާއި ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, ރާއްޖޭގެ ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަަމަށާއި އެގޮތުން ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ނުރުހޭ ކަމަށެވެ. ބޮޑު މެޖޯރިޓީއެއް އެގޮތަށް ނިންމާފައި ވަނިކޮށް, އެ ނިންމުމަށް އިޙްތިރާމް ނުކޮށްފިނަމަ އެއީ ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ, އަސްކަރީ ސިފައިންގެ މައްސަލައިގައި އިންޑިއާއެކު މަޝްވަރާގެ މަތިން ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑިމޮކްރަސީ. އެތައް އަހަރެއް ވެއްޖެ ޑިމޮކްރަސީގެ ރީތި ގޮތުގެ މަތިން ހިނގަމުން އަންނަތާ. އަހަރެމެން ޤަބޫލު ކުރަން ރާއްޖެއާއި އިންޑިއާ ދެމެދު މިއޮތް ދޭދޭ ބަދަހި ގުޅުމުގެ ތެރެއިން އަސްކަރިއްޔާގެ މައްސަލަ ހައްލުވާނެ ކަމަށް" އިނގިރޭސި ބަހުން, އިންޑިއާގެ ނޫހެއް ކަަމަށްވާ އިންޑިއާ ޓައިމްސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް