Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަޅުގަނޑުމެން ބަލިކުރުމަކީ ކުރެވިދާނެ ކަމެއް ނޫން: އާޒިމާ 

އަޅުގަނޑުމެން ބަލިކުރުމަކީ ކުރެވިދާނެ ކަމެއް ނޫން: އާޒިމާ 
ކުރައްވާ ހިދުމަތުގަ ޕީޕީއެމް ޕީއެންސީ ބަލިކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރުކަަމަށް ވާދަކުރައްވާ އެ ޕާޓިގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ. މިއަދު ފޭސް އެކެއްގައި ބޭއްވި ކެންޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ މަސައްކަތް ކުރައްވަނީ އިހްލާސްތެރިކަމާއެކު ކަމަށާއި, ދެއްވާ ހިދުމަތުން ބަލި ކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރައްވަނީ އިހްލާސްތެރިކަމާއެކު ކަމަށާއި ދައްކަވަނީ ރީތި ނަމޫނާއެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލި ކުރުމަކީ ކުރެވިދާނެ ކަމެއް ނޫނޭ. ހިދުމަތުގަ. އަޅުގަޑުމެންގެ ހިދުމަތާއި, އިހްލާސްތެރިކަމާއި ރައްޔިތުން ދެކެވާ ލޮތްބަކީ ހަމަ ގައިމުވެސް ޗެލެންޖު ކުރެވޭނެ ކަމެއް ނޫނޭ. އެފަދަ ނަމޫނާއެއް އަޅުގަނޑުމެންނާއި ރައީސްގެ ޓީމުން ދައްކާނަމޭ" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ނިކުމެ ތިބީ ރައީސް މުޢިއްޒުގެ "ވިޝަން" ކާމިޔާބު ކުުރުމަށް ކަމަށާއި ދެން ވާދަ ކުރައްވާ ތިން ކެނޑިޑޭޓުންނަށް ވުރެ އަޒުމް ވެސް ވަރުގަދަ ކަމަށެވެ. ހިދުމަތްތެރި ބަޔަކު ޤައުމާއި ހަވާލުވުމުން އަންނަ ބަދަލު ރައްޔިތުންނަށް ދައްކައިދޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް