ފައިނު ކައުންސިލުގެ ރައީސް ވެސް ޕީއެންސީއަށް
![](https://dhen.mv/wp-content/uploads/2024/01/original_1704621286135.jpeg)
ރ.ފައިނު ކައުންސިލުގެ ރައީީސް މޫސާ އުމަރު މަނިކު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
އޭނާ މިހައިތަނަށް ހުންނެވީ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ. މޫސާ އުމަރު މަނިކު ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވުމުން، އޭނާގެ ފޯމާއި ޙަވާލުވެވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ޕީއެންސީއާ ގިނަ ބަޔަކު ދަނީ ގުޅެމުންނެވެ. އެމްޑީޕީގެ ޓިކެޓުގައި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޙަސަން އަޙުމަދު(ހަސަންޓޭ) ވެސް އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ވަނީ ގުޅިފައެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި، ރައީީސް މުޢިއްޒުއާއިއެކު ކުރިއަށް ވަޑައިގަންނަވަން ނިންމަވައިފައިވާ ކަމަށާއި، އިޙްލާސްތެރިކަމާއި ތެދުވެރިކަމާއިއެކުގައި ޕީއެންސީގައި ހުންނަވާނެ ކަމަށެވެ.
ހަސަންޓޭ ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހު، އެމްޑީޕީގެ 13 މަޖިލިސް މެމްބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.