Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަމްރުގެ ވިސްނުން ހުރީ މަޖިލިސް އިންތިޚާބުގައި ގަލުޅު އުތުރަށް ނިކުތުމަށް

އަމްރުގެ ވިސްނުން ހުރީ މަޖިލިސް އިންތިޚާބުގައި ގަލުޅު އުތުރަށް ނިކުތުމަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް ނިކުންނަން މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހަށް ނިކުތުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ގަލޮޅު އުތުރަކީ ގޭދޮށު ދާއިރާ އަށް ވުމުން އެ ދާއިރާ އަށް ނިކުންނަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެސްޓްސްއާ މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ވަރަށް ގިނަ މީހުން އެބަ އެދޭ ނުކުންނަން،" އަމްރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އަމްރުވަނީ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވެސް ވާދަ ކުރައްވާފައެވެ.

ގަލޮޅު އުތުރު ދާއިރާއަކީ ޑިމޮކްރެޓްސްގެ އީވާ އަބްދުﷲގެ ދާއިރާއެވެ. މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އެ ގޮނޑި ފުރުއްވާ މިއީ ތިންވަނަ ދައުރެވެ. ހަތަރުވަނަ ދައުރަކަށް ކުރިމަތި ލައްވާނެ ކަމެއް އީވާ މިހާތަނަށް ހާމަކުރައްވާފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 17ގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް