އާޒިމާ ހޮވައިފިނަމަ މިއިން ދުވަހަކު ނުދެކޭވަރު ތަރައްގީ މާލެއަށް ގެންނާނެ: ނައިބް ރައީސް
މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކުރީގެ ބަންޑާރަ ނައިބު އިންތިހާބުކޮށްފިނަމަ މިއިން ދުވަހަކު އެ ސިޓީ ނުދެކޭވަރު ތަރައްގީއެއަށް ގެންނަވާނެ ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް އެހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު އޮންނާ މާލޭގެ ބައި-އިލެކްޝަން ގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންގެ ކެމްޕޭނު ބައްދަލުވުމެއްގައެވެ.
ނައިބް ރައީސް ވިދާޅުވީ މާލޭގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒަށް މާލެއަށް ހިދުމަތްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އެމަނިކުފާނު ތަފާތު ދައްކަވާފައިވާ ކަމަށެވެ. ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް ގާނޫނީ އިމުގެ ތެރެއިން, ސަރުކާރަށް ނުފޫޒު ނުފޯރުވޭ ގިނަ ކަންތައްތަކެއް މާލޭގެ ރައްޔިތުންނަށް ރައީސް މުއިއްޒު ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ މިއީ ސަރުކާރާ އެކު މަސައްކަތް ކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީއަށް ގެންނަން ބޭނުންވި ތަރައްގީ އާއި ހުވަފެން ހަގީތަކަށް ހެދުމަށްޓަކައި އެ ފުރުސަތު ހޯދައިދެވޭނީ މޭޔަރު ކަމަށް ސަރުކާރުގެ ކެންޑިޑޭޓަކު އިންތިހާބު ކޮށްގެން ކަމަށެވެ. އެެއަށް ފަހު ނައިބް ރައީސް ވަނީ އާޒިމާއަށް ތައުރީފް ކުރައްވާފައެވެ
''އެކަމަނާ އަކީ އަޅުގަނޑުމެންނަށް ދުލުންވެސް ފަރިތަކަމާއެކު ބުނެވޭނެ މި ގައުމުގެ މައިދޮރަށީ ސަލާމަތްކުރުމުގައި އެންމެ އިސްސަފުގައި ހުރި ކަމަނާ. ގައުމުގެ ދިފާއުގައި ކުރެއްވި ޖިހާދު އަޅުގަނޑުމެން ހަދާން ހުންނަން އެބަޖެހޭ'' ނައިބް ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ މޭޔަރުކަމަށް އާޒިމާ އިންތިހާބުކޮށްފިނަމަ މާލެ ބަދަލުކޮށްލާނެ ކަމަށެވެ.
..މޭޔަރަކަށް އެކަމަނާ (އާޒިމާ) ހުންނަވައިފިކަމަށްވާނަމަ ޝައްކެއްތްވެސް މާލޭ ރައްޔިތުން ދުވަހަކުވެސް ނުދެކޭވަރުގެ ތަރައްގީއާ ކުރިމަތިލާން ޖެހޭނެ. މާލޭ ސިޓީއަކީ އަމާންތަނަކަށް ވުމާއި މާލެ ސިޓީ އަކީ ރައްޔިތުން ދިރިއުޅޭ ފެންވަރުތަނަކަށް ރައީސްއާ މާލެ ސިޓީގެ މޭޔަރު ހައްދަވާނެ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫން
އެވަރުގެ ވިސްނުން ރައީސްގެ. އިތުރުން އާޒިމާގެވެސް ހުންނެވި ކަމަށް ވިދާޅުވިއެވެ. ސަރުކާރު ނޫން އެހެން ކެންޑިޑޭޓަކު މޭޔަރުކަމަށް އިންތިހާބު ކޮށްފިނަމަ އެ ބޭފުޅުން މަސައްކަތް ކުރާނީ ސަރުކާރާ ދެކޮޅަށް ކަމަށް ވިދާޅުވިއެވެ. އަދި އެ ބޭފުޅުން އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަކީ ރައްޔިތުންނަށް އިހުލާސްތެރިބޭފުޅެކެވެ.
އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް އާޒިމާ އައުޓް ދަރަނިބޯ އައުޓް އިންޑިއާ އައުޓް މުއިއްޒު އައުޓް