ޚަބަރު

ޗައިނާގެ މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޗައިނާގެ ބެއިޖިންގގައި ހުންނަ "މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސް" ގައި ބޭއްވެވި ހަނދާނީ މާބޮނޑި އެރުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ.

Ads by STELCO

މި ރަސްމިއްޔާތުގައި ޗައިނާގެ މިލިޓަރީ ބޭންޑުން ޗައިނާ އާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ.

މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސްގައި މާ ބޮނޑި ބޭއްވުމަށްފަހު ރައީސް ޑރ.މުޢިއްޒު ވަނީ ޗައިނާއަށް މިނިވަންކަން ހޯދައިދިނުމަށް ފުރާނައިން ޤުރުބާންވި އަބްޠާލުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތަކަށް ހުއްޓިވަޑައިގެންފައެވެ.

މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސް އަކީ 19 ވަނަ ޤަރުނާއި 20 ވަނަ ޤަރުނުގައި ޗައިނާއަށް ކުރިމަތިވި ޗައިނީސް ރިވޮލިއުޝަން އިން މިނިވަންކަން ހޯދުމަށް ހަނގުރާމަކުރި އަބްޠާލުންގެ ޒިކުރާ އައު ކުރުމުގެ ގޮތުން ބިނާކޮށްފައިވާ ހަނދާނީ ބިނާއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!