ސަރުކާރަށް ވަގުތުދެވިއްޖެ، ދެން ބަލާކަށް ނުތިބެވޭނެ: ޞާލިޙް

ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ދެން އަޅައިނުލައި ނުތިބެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ދައުރު ނިމުމަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުީ މިހާތަނަށް މަޑުކޮށްލައިގެން ތިބީ ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށްވާތީ ކަމަށެވެ.
އަދިވެސް ހިތަށް އަރާ ބައެއް ފަހަރު، އަދިވެސް ކުޑަވަގުތުކޮޅެއް އަޅުގަނޑުމެން ބަލައިލަންވީއޭ، އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވޭކަށް އޮތް ހެނެއްޞާލިޙް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަން މަސައްކަތްނުކުރާ ކަމަށާއި، މިހާރު ފަށާފައިވާ ކަންކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ފައްޓާން ތައްޔާރުވެފައި ހުރި ކަންކަން ކަމަށެވެ. ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ސޯލިހު ވިދާޅުވީ، ރައްޔިތުން މި ސަރުކާރު އިންތިހާބުކުރީ ބޮޑެތި އުއްމީދުތަކަކާއި އެކު ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން ރައްޔިތުން މާޔޫސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ''އުއްމީދު ގެއްލިއްޖެ، ދޮގު މައްޗަށް ދޮގު ހަދާތަން އަޅުގަނޑުމެންނަށް ފެންނަނީ'' ހުރިހާ ރައްޔިތުންވެސް ތިބީ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ކަމަށް ވިދާޅުވިއެވެ. އިދިކޮޅު ޕާޓީގެ ޒިންމާ އަކީ ސަރުކާރު ޖަވާބުދާރީކުރުން ކަމަށްވާއިރު ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވަން ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވިިއެވެ. ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަމާއި، މަގުމަތީގެ ޓްރެފިކްގެ އިތުރުން ޕާކިންއަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. ސާފުތަހިރުކަމުގެ މައްސަލަ އާއި ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދައިދިން ކަމަށެވެ. އޭގެ ތެރެއިން ގިނަ ކަންތައްތަަކަކީ ގާނޫނީ ގޮތުން ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ކަންތައްތައް ކަމަށާއި، ނަމަވެސް މިހާރު އޮތް ކައުންސިލުން އެކަމަށް އިހުމާލުވެފައިވާ ކަމަށެވެ. މާލެއަށް ރަނގަޅު ބަދަލެއް ގެނެވޭ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވިއެވެ. މާލޭގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކައުންސިލް ހިންގެވީ ވަކި ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. ''ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފްކުރި ބަޔަކީ އެމްޑީޕީ، އެކަން ކުރަން އެނގޭނީ އަޅުގަނޑުމެންނަށް'' އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ގޯތިތަކާއި، ފްލެޓްތައް ހައްގުވާ ފަރާތްތަކަށް ނުދީ މި ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ. ސޯލިހު ވިދާޅުވީ މާލޭގައި ފްލެޓްއެޅުމަކީ ހައްލެއް ނޫން ކަމަށާއި މާލެއަށް މީހުން ޖަމާވުން މަދުކުރުމަށްޓަކައި މުޅި ރާއްޖެވެސް ތަރައްގީކުރަން ޖެހޭ ކަމަށެވެ. ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގައި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ހުރިހާ މަސައްކަތްތަކެއް ހުއްޓާލާފައިވާ ކަމަށެވެ. ސޯލިހު ވިދާޅުވީ މާލޭ ބައި-އިލެކްޝަން ގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ހުރިހާ ހަރާކަތެއް ކަހަލަ ގޮތަކަށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް ކުރިއަށް ދެ ދުވަހު އިތުރަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. މި ފަހަރު ''މިސްޓޭކެއް'' ހަދައިގެން ނުވާނެ ކަމަށާއި، މިއީ އެމްޑީޕީގެ އަތުގައި އޮތް އިންތިހާބެއް ކަމަށް ވިދާޅުވިއެވެ.






ކޮމެންޓް