Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާލެއަށް ކުރަމުންދާ ވިއްސާރަ: 57 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފި

މާލެއަށް ކުރަމުންދާ ވިއްސާރަ: 57 މީހަކަށް ވަގުތީ ބޯހިޔާވެހިކަން ދީފި

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އަށް ގެއެއްގެ 57 މީހުންނަށް ވަޤުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާދީފައިވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ވިދާޅުވެއްޖެއެވެ.

ރެއިން ފެށިގެން މާލެއަށަ ހުއްޓާ ނުލާ ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެންޑީއެމްއޭއިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި މާލެގެ އިތުރުން 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށެވެ. އެއީ ތ.ގުރައިދޫ، ތ.ދިޔަމިގިލި، ލ.މާމެންދޫ، ދ.ކުޑަހުވަދޫއެވެ. އަދި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާލޭގެ ގެތަކަކަށް ކަމަށް ވެސް އެންޑީއެމްއޭ ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ގެއްލުން ލިބިގެން މާލޭއިން 144 ގެއަކުން އެހީތެރިކަމަށް އެދުނުކަމަށެވެ. އަދި މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި 91 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މީގެ އިތުރުން 8 ގެއެއްގެ 57 މީހުނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވެސް ވަނީ ހަމަޖައްސާފައައެވެ.

Advertisement
Ooredoo — Truecaller (box)

މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ވެސް 11 ގެއަކުން 46 މީހަކަށް ވަޤުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް