ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި
ޒަކާތު ހައުސް އިން ކުރި އިއުލާނެއްގައި ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސަރަހައްދުން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެފޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާފައިވާ ކަަމަށެވެ.
މި ފުރުސަތު ހުޅުވާފައިވަނީ 14 ޖެނުއަރީ 2024 އިން ފެށިގެން 01 ފެބަރުއަރީގެ ނިޔަލަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 9:30 އިން 12:00 އަށް ފޯމް ހުށެހުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޒަކާތް ހައުސް އިން ބުނެއެވެ.
މިކަމަށް އެދި ހަށަހަޅާ ފޯމު އެ އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގައި އެކަމަށް ޚާއްސަކޮށްފައިވާ ކައުންޓަރުތަކުންނެވެ.