ޚަބަރު

އަންހެނުންނަށް ޚާއްސަކޮށްގެން 100 މިލިޔަން ރުފިޔާގެ ލޯނު ސްކީމް ވަރަށް އަވަހަށް ތައާރަފް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑރ. އައިޝަތު ޝިހާމް... ފޮޓޯ/ދައުރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 100 ދުވަހުގެ ވައުދުފުޅާ އެއްގޮތަށް އަންހެނުންނަށް ޚާއްސަކޮށްގެން 100 މިލިޔަން ރުފިޔާގެ ލޯނު ސްކީމް ތައާރަފް ވެގެންދާނެ ކަަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު މިހެން ވިދާޅުވީ, އަންހެނުންގެ އުފެއްދުންތައް ބާޒާރު ކުރުމަށް. ހުޅުމާލޭގައި އަލަށް ތައާރަފްކުރި ހިޔަލަ ވީކެންޑް މާކެޓް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, އަންހެނުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި އެކަން ކުރެވޭނީ އަންހެނުން ފުދުންތެރި ކުރުވައިގެން ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.

އެގޮތުން މިއަދު ހުޅުވިގެންދާ ބާޒާރުގެ ސަބަބުން އަންހެނުންނަށާއި, އެ މީހުންގެ އާއިލާތަކަށް އެކަމުން ފައިދާ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި މި މާކެޓް ފުޅާ ވެގެން ގޮސް, ފަތުރުވެރިން މިތަނަށް ޒިޔާރަތްކޮށް ވިޔަފާރި އެހެން ހަރުފަތަކަށް ގެންގޮސްދޭން މާކެޓުން އެހީތެރިވާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް ފަހިކޮށްދިނުމަށްޓަކައި އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ވަރަށް އަވަހަށް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ކުދި ވިޔަފާރިތަކަށް ޚާއްސަ ލޯނު ވެސް ވަރަށް އަވަހަށް ސަރުކާރުން  ތައާރަފް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ދެ ކަމަކީ ރައީސް ޑރ. މުޢިއްޒުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ސްޓާޓަޕް ލޯނު ސްކީމަކީ އަލަށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ސީޑް މަނީގެ ގޮތުގައި ދެވޭ ކުޑަ އިންޓްރެސްޓް ލޯނެކެވެ. އަންހެނުން ބާރުވެރި ކުރުވަން މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންހެނުން ފުދުންތެރި ކުރުވާނެ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!