Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފި

ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފި
އިސްލާމިކް މިނިސްޓްރީން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މިއީ ޒަމާނީ މެޑިކަލް އެނދުތަކެއް ކަމަށާއި މި ތަކެތީގެ ޖުމްލަ އަގު 504،000 ރުފިޔާ އަރާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ގުރައިދޫ މަރުކަޒަށް އެނދުތައް ހަދިޔާ ކުރަނީ އެ މިނިސްޓްރީއަށް އެކި ފަރާތްތަކުން ހަވާލުކުރާ އިސްލާމިކް ޗެރިޓީ ފަންޑުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އިހުސާންތެރިވުމަށް އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށާއި މުޖުތަމަޢުގައި ޚާއްސަ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށްހިތުމަކީ މުޖުތަމަޢުގެ އެންމެ މުހިންމު އިޖުތިމާޢީ އަޚުލާގު ކަމަށެވެ. އަދި ދިވެހިން ހައިރާތާއި ޞަދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ކުރާ ހޭދަ، ރާއްޖޭގެ އެތެރޭގެ ކަންކަމަށް ހޭދަކުރަން މިނިސްޓަރު އެދިވަޑައިގަތެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެނދުތައް ހަވާލުކުރުމަށް ވައުޗަރ ޙަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާގެ ފަރާތުން ވައުޗަރާ ޙަވާލުވެވަޑައިގެންނެވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދަައްކަވަމުން އާއިލާއާ ބެހޭ ވަޒީރު މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބީ ރާއްޖޭގެ ކޮންމެވެސް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށާއި، އެ މީހުންގެ އާއިލާތަކާ އެ ތަނުގައި ތިބި މީހުން ހަވާލުކުރުމުގެ މަސައްކަތް ކުރަަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ މި މަރުކަޒަކީ ވަގުތީ ތަނެއްގެ ގޮތުން ތިބޭ ތަނެއްގެ ގޮތުގައި ދެކެނީ. އަދި އެ ރީއިންޓަގްރޭޝަން ނުވަތަ އާއިލާތަކާ ގުޅިގެން ކުރާ މަސައްކަތުގަައި އެ މީހުންނަށް ވެސް އާއިލާތަކާ އެކު، ސަރުކާރުގެ އެހީތެރިކަމާ އެކު އަބުރުވެރި، ހިތްގައިމު ދިރިއުޅުމެއް އުޅެވޭނެ ގޮތް ވާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް