ޚަބަރު

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް ބަލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރު ނަސީރު ވިދާޅުވީ ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރެވޭ ކަމެއް ކަމަށާއި މިކަން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ކުރެވިދާނެތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ މި ދަންނަވާ ފަރުވާ ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަން ތައާރަފް ކުރެވޭތޯ، އެ މަސައްކަތް އެބަ ކުރަމު. އެކަން އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެނަމަ ދިވެހި ޅެމަށް އަނެއްކާވެސް އެހެން ޖާގައެއް، އެހެން ދަރަޖައެއް އެ ލިބުނީ،" ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ މިހާތަނަށް މި މަސައްކަތުގައި އެހީތެރިވި ފަރާތްތަކުން މިއީ ކުރެވިދާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިއީ ކުރަންވެއްޖެ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވާ ކަމަށާއި އުއްމީދަކީ މާ ލަހެއް ނުވެ މިކަން ހަގީގަތަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ޅެމަކީ އޭގެއިން ސިއްހީ ފަރުވާ ދެވޭ ވަސީލަތެއް ކަމަށާއި އަދި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ފިކުރުތަކާއި ދުރުކުރެވިދާނެކަން ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

  1. ތީ އެއްކަލަ މަ އެއްޗެއް ނުބުނަންހުއްޓަސް މަށަށް ބުނެވޭނެދޯ ތިކަހަލަ ވާހަކަ ދެއްކީމަ ޅެންވެރިކަމުން ބަލި ފަސޭހަވާނަމަ ކޮން ބޭސް ވެރިކަމެއް އެކަމް ގްރްއާނުން ބަލިފަސޭހަވާނެ ދުޢާއިން ބަލި ފަސޭހަވާނެ ނަމާދުން ބަލިފަސޭހަވާނެ ޒަކާތުން ބަލިފަސޭހަވާނެ

  2. ،،ބޫލޫ ބޫލޫ

    މި އަންނީ ބުނިނަމަ މި ސޭހުން ހިވާނީ އެހެން ކަމެޢާ ވެގެން އުލޭހެން ކާފަރަށް ގޮވާ ،،،، މޮޔަވެގެން ތެޅިބަލާނެ

  3. ތި ކަލޭގެއަށް ފުރަތަމަ ފަރުވާކުރަންވީ
    ތި ކަލޭގެ ތީ މޮޔައެއް