ޚަބަރު

ރަކީދޫ ކައުންސިލްގެ ގޮނޑި ކޮންގްރެސް ޕާޓީއަށް

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މިއަދު ކުރިއަށްދިޔަ ވ.ރަކީދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.

Ads by MWSC

ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ކޮންގްރެސް ޕާޓީން ވާދަކުރި އަބްދުއްރައްޒާގް އާދަމެވެ. އޭނާއާ ވާދަކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ އާދަމް ސާމީއެވެ.

އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިޚާބުއި ވޯޓް ލުމުގެ ޙައްޤު  281 މީހުންނަށް ލިބެއެވެ. އޭގެ ތެރެއިން މިއަދު ވޯޓް ލާފައިވަނީ 184 މީހުންނެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މާލޭގައި ބެހެއްޓުނު ރަކީދޫގެ ފޮށިން އަބްދުއްރައްޒާގް ވަނީ 57 ވޯޓް ހޯއްދަވާފައެވެ. ސާމީއަށް ލިބިވަޑައިގަތީ 36 ވޯޓެވެ. 3 މީހަކު ބާތިލް ވޯޓް ލާފައިވެއެވެ.

ރަކީދޫގައި ބެހެއްޓުނު ފޮށީގެ ވޯޓްގެ ޖުމްލަ އަދަދު އަދި ކަށަވަރުވެފައެއް ނުވެއެވެ.

ކޮންގްރެސް ޕާޓީން މިއަދުގެ އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު, ސަރުކާރާ އެ ޕާޓީން ހަވާލުވުމަށްފަހު ބޭއްވުނު ގިނަ ބައި-އިލެކްޝަންތައް ކާމިޔާބު ކުރަނީ އެ ޕާޓީންނެވެ.

Ads by Ooredoo
  1. ޢަޒްރާ

    އަލްޙަމްދުލިﷲ އިންޝާ ﷲ މަޖިލިސް އިންތިޚާބްވެސް ކާމިޔާބް ވނެ