އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުالله މަޖިލީހަށް ވާދަކުރައްވަނީ

ކުރީގެ ހޯމް މިނިސްޓަރު, އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުالله ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ. އޭނާ ވާދަކުރަން ނިންމެވީ މަކުނުދޫ ދާއިރާއަށެވެ.
މިއަދު އަދާލަތު ޕާޓީން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ މަޖިލީހަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހަތަރު ފަރާތަކަށް އެ ޕާޓީގެ ޓިކެޓް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ;
- ހުސެއިން ޝަފީޤް - ވައިކަރަދޫ ދާއިރާ
- އިމްރާން އަބްދުالله - މަކުނުދޫ ފުނަދޫ
- އިސްމާއީލް ހަމީދު - ފުނަދޫ ދާއިރާ
- އިސްމާއީލް އަލީ - އިނގުރައިދޫ ދާއިރާ
މިދިޔަ މަޖިލިސް އިންތިޚާބުގައި އަދާލަތު ޕާޓީން އެއްވެސް މަޖިލިސް ގޮނޑިއެއް ކާމިޔާބުވެފައެއް ނުވެއެވެ. ނަމަވެސް މަދު ދާއިރާ ތަކަކަށް ވާދަކުރިއެވެ.
މަޖިލިސް އިންތިޚާބު އޮންނާނީ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.