ޚަބަރު

ސިރާޖުގެ ރައްދު ދިިޔާނާއަށް: ޤާނޫނާ ޚިލާފުނަމަ ފަނޑިޔާރު ހުވާ ލައި ނުދޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކޮންގްރެސް ޕާޓީގެ ރެލީއެއްގައި ސިރާޖު ބައިވެރިވެ ވަޑައިގަންނަވަނީ.. ދެން އިމޭޖްސް

މަޖިލީހުން ރުހުން ނުދިން ވަޒީރުން ދެވަނަ ފަހަރަށް އައްޔަން ކުރުމަކީ ޤާނޫނާ ޚިލާފަށް ކުރި ކަމެއް ކަަމަށް ބަންޑާރަނައިބުކަން ކުރެއްވި ދިޔާނާ ސައީދު ވިދާޅުވުމުން, މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމާމެދު ފެންނަ ގޮތެއް ނިންމުމަށް މަޖިލީހުގައި އިއްޔެ ނެގުނު ވޯޓް ގައި ތިން ވަޒީރަކަށް ރުހުން ނުދޭން ވަނީ ނިންމާފައެވެ. އެއީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

މިތިން ބޭފުޅުންނަށް ރުހުން ނުދޭން ނިންމި ނަމަވެސް އިއްޔެވަނީ އަލުން މަޤާމުގެ ހުވާ ކުރައްވާފައެވެ.

އެމަކަށް ފާޑު ވިދާޅުވަމުން ދިޔާނާ ވިދާޅުވީ މިއަދު ރާއްޖޭގައި އޮތީ ކަނޑުގެ ޤާނޫނު ކަމަށެވެ. އަދި މި ރާއްޖޭގައި ގާނޫނު އަސާސީގެ ވާހަކަ ދައްކާ މީހާ ވާނީ މޮޔަކަށް ކަމަށް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ވަޒީރުން އަލުން އައްޔަނު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނަމަ ސުޕްރީމް ކޯޓުން އެ ވަޒީރުންނަށް ހުވައި ލައި ނުދެއްވާނެ ކަން ކަށަަވަރުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސްޕްރީމް ކޯޓަށް ފުރިހަމަ ރުހުން އޮތް ކަމަށް ވިދާޅުވިއެވެ.

ސިރާޖު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ އަދި މަޖިލީހުގެ ގަވައިދުގެ ވެސް ރޫހަކީ ވަޒީރުންނަށް ރުހުން ދިނުމުގެ ބަދަލުގައި ބަލަން ޖެހޭ ބެލުންތައް ބަލައި ޝަރުތު ފުރިހަމަވާނަމަ ރުހުން ދިނުން ކަމަށެވެ. ރުހުން ދިނުމަށް ފަހު ވަޒީރުންގެ އިތުބާރު ގެއްލިއްޖެނަމަ އިތުބާރު ނެތް ކަމަށް ނެގުމަކީ އަދި މުޅީން އެހެން އިޖްރާއަތެއް ކަމަށް ވިދާޅުވި އެވެ.

  1. ހައްސާނު

    މެންބަރުން ބޮލުގައި ބަޑިޖައްސައިގެން ވޯޓަށްއަހާ.

  2. ދިޔާނާ އަނގަ ފެޅީ ދޯ