ޚަބަރު އިޖުތިމާޢީ ސަރުކާރު

ސަގާފީ ތަރިކަތަކަށް ފަރުވާދިނުމަށް ހާއްސަ ލެބޯޓަރީއެއް ގާއިމުކުރަން މަޝްވަރާ ކުރަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ޗައިނާ ސަފީރު
ޗައިނާގެ ސަފީރާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ބައްދަލު ކުރައްވަނީ

ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަތަކަށް ފަރުވާދިނުމަށް ހާއްސަ ލެބޯޓަރީއެއް ގާއިމުކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

Ads by Sosun Fihaara

މިފަދައިން މަޝްވަރާކޮށްފައި ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު، އާދަމް ނަޞީރުއާއި ޗައިނާގެ ސަފީރު، ސަފީރު ވަންގް ލިޒިން ކުރެއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވަނީ ޗައިނާއިން ދިވެހި ރާއްޖޭގެ ތަރިކަ ރައްކާތެރި ކުރުމަށް ކުރެވޭނެ ކަންތައްތަކާއި މެދު މަޝްވަރާކުރައްވާފައިއެވެ. އަދި މިކަންތައްތައް ކުރުމަށޤ ރާއްޖެއަށް ބޭނުންވާނެ އެހީއާއި މެދުވެސް ވަނީ ވާހަކަދެކެވިފައިއެވެ.

ވަޒީރު ވަނީ ދިވެހި ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި ގުޅުން ހުރި ތާރީހީ އެތައް ތަނެއް ވީރާނާ ވަމުން އަންނަކަން ފާހަގަކުރައްވާފައިއެވެ. އަދި މިފަދަ ތަކެތި ހަލާކުވަމުން އަންނަ ދަނޑިވަޅެއްގައި އެތަކެތި ހިމާޔަތް ކުރާނެ ލެބޯޓަރީއެއް ނެތުމަކީ އެތަކެއްޗަށް ބޭނުންވާ ފަރުވާ ނުދެވޭ މައިގަނޑު ސަބަބު ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ދާރުލް އާސާރު މަރާމާތްކުރަން ބޭނުންވާނެ ފުރިހަމަ އެހީތެރިކަން ޗައިނާއިން ދެއްވާނެ ކަަމަށްވެސް އެ ގައުމުގެ ސަފީރު ވަނީ ދެއްވާފައިއެވެ.

އަދި ރާއްޖެ އާއި ޗައިނާގެ ކަލާސިކީ ލިޔުންތައް ތަރުޖަމާކޮށް ޗާޕުކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއް ގާއިމުކުރުމަށް ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!