ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

މަޖިލިސް އިންތިޚާބަށް އާންމުން ހޭލުންތެރި ކުރުުވުމަށް ކުޑަކުދިންގެ ހަވީރެއް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އާންމުން ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

Ads by STELCO

އީސީން ވިދާޅުވީ، ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ނިންމީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ދިނުމުގެ ގޮތުން ކަމަށެވެ.

ހަމަ އެހެންމެ އިންތިހާބަށް އާންމުން ހޭލުންތެރިކުރުން މި ހަވީރު ބޭއްވުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ދެ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ހަވީރު މިއަދު 16:00 އިން 18:00އަށް މާލޭ، އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނާނެއެވެ. އަދި މާދަމާ މި ހަވީރު ހަމަ އެ ވަގުތުތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ހަތަކާއި 11އާ ދެމެދު އޮންނަ ޕާކު ގުރައުންޑު ސަރަހައްދުގައި އޮންނާނެއެވެ.

މިއީ މަޖިލިސް އިންތިޚާބަށް ރީރެޖިސްޓްރޭޝަނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ކޮމިޝަނުން ބާއްވާ ހަރަކާތެކެވެ. މި އިވެންޓް ކުރިއަށް ދާއިރު ހަމައެކަނި އައިޑީކާޑު ހިފައިގެން ދިއުމުން ރީރެޖިސްޓާ ކުރަން ބޭނުންވާ ތަނަކަށް ރީރަޖިސްޓާ ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގައި ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،327 އަށް އަރާކަމަށް އީސީން ހާމަކޮށްފައި ވެއެވެ.

Ads by Ooredoo
  1. ފުރަތަމަ ހޭލުންތެރި ކުރަންވީ ކެނޑިޑޭޓުން އެބަތިބި ރައްޔިތުން ކައިރިއަށްގޮސް ކިޔާއެއްޗެއް ދައްކާނެވހަކައެއް ނޭނގޭ މީހުން އެކަމަކު ކެމްޕެއިން ކުރަން ވެގެން އުޅޭއިރު ރ ސ ޢވ އަށް ސަލަވާތް ކިޔަންވެސް ނޭގޭ މީހުން އެބަތިބި އަމ ބުނީތީ ފަރައްދާހެން ކަން ކުރަނީ