ޚަބަރު

މަސްބޯޓަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ދިފާއީ ވަޒީރު ޣައްސާން އާ ސުވާލުކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން

ދިވެހި ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ކަން ހިނގި ގޮތް ސާފުކުރަން ދާޚިލީ ކަންކަމާ ބެހޭ ވަޒީރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފިއެވެ.

Ads by STELCO

ޣައްސާން އާ ސުވާލުކުރަން ނޯޓިސް ފޮނުވާފައިވަނީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އޭނާ ހުށަހެޅީ އިންޑިއާ ސިފައިން މަސްބޯޓަށް އަރާފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދު ތެރޭގައިތޯ ޑިފެންސް މިނިސްޓްރީއަށް ކަށަވަރުވެފައިވޭތޯ އާއި އެކަމުގެ ތަފްސީލު ހޯދުމަށް އެދިފައެވެ. އަދި, މި މައްސަލައާ ގުޅިގެން ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރަައްވައިފައެވެ.

ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާ ގުޅުން ހުރި މިހާ ހައްސާސްކަން ބޮޑު މައްސަލައެއްގައި ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ނުދީ އަޅާ ނުލައި ތިބުމަކީ، ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ބަހުސްކޮށް ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ޖެހޭ ކަމެއް ކަމަށް ބުނެ ޑިމޮކްރެޓްސް އިން ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ދިވެހި ދައުލަތުގެ ސަރަހައްދާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާ އުފުލަން އޮތް ސަރުކާރުންނާއި މުއައްސަސާތަކުން ކަމުގެ ސާފު މައުލޫމާތު ރައްޔިތުންނާ ހިއްސާ ނުކޮށް ތިބުމުން ނުތަވަނަސްކަމާއި ބިރުވެރިކަން ރައްޔިތުންގެ މެދުގައި އެބަ އޮތް ކަމަށް ބުނެފައެވެ.

Ads by Allied Insurance
  1. މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރީ އެމްޑީޕީއަށް ވެރިކަން ނުލިބުމުން

    • މިހާރު ސާފުވެއްޖެ. ޝުކްރިއްޔާ

  2. އެކަމަކީ އެމްޑީޕީ ބޮޑުން ގުޅިގެން އަޑީގައި ތިބެގެން އިންޑިޔާ ސިފައިން ލައްވާ ކުރުވިކަމެއް ނަމަ އެކަމަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ނަފުރަތާއި ރުޅިވެރިކަން އަވައްޓެރި ގައުމާއި މެދު އުފައްދާ ދިވެހިދައުލަތާއި ދެކޮޅަށް ހިންގި ޓެރެރިސްޓް ހަރަކާތެއް، މިކަންބަލާ އަޑީގައި ތިބި މީހުންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ކުރަންޖެހޭ !

    REPLY