ޚަބަރު

ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހުއްޓާލަން ނިންމައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ޙާލަތްތައް ފިޔަވައި ސިޔާސީ އިސް މަޤާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބާއްވާ ޖަލްސާގައި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަޅުގަނޑުމެންގެ އަމިއްލަ އިޞްލާޙީ ސިޔާސަތެއް އެކަށައަޅައި ހިންގުން ކަމަށެވެ.

"މިއީ ގައުމުގެ އިގްތިޞާދީ އަދި މާލީ މުސްތަގްބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ދެކެން," ރައީސް ވިދާޅުވިއެވެ.

އާސަންދަ އާއި ސަބްސިޑީ ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ މާލިއްޔަތުން ވަމުންދާ އިސްރާފުތައް ކުޑަކުރުމަކީ އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށް ކުރަން ވިސްނާ ކަންކަން ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

"މި މަސައްކަތާ އެކުއެކީގައި ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ދާނީ އަޅަމުން," ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!