ޚަބަރު އިޖުތިމާޢީ

ސްޓެލްކޯއިން ވިލިމާލޭގައި 1.6 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ބަހައްޓަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޓެލްކޯއިން ވިލިމާލޭގައި ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ, ސްޓެލްކޯއިން ވިލިމާލޭގައި 1.6 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

Ads by STELCO

'އެކްސް' ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯ އިން ބުނީ، މިއަހަރުގެ ހޫނު މުސުމަށް ތައްޔާރުވުމުގެ ގޮތުންނާއި، މެދު ކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް، ވިލިމާލޭގެ ރައްޔިތުންނަށް ޔަގީން ކޮށްދިނުމަށް ވިލިމާލޭގެ އިންޖީނުގެއަށް ބައެއް އިތުރުކޮށް، 1.6 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް ބެހެއްޓުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. 

ކުރިއަށް އޮތް ހޫނު މޫސުމަށް ތައްޔާރުވުމަށް ފާއިތުވެދިޔަ ޖެނުއަރީ މަހުވެސް އެ ކުންފުނިން ވަނީ 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރު ސެޓުރާއްޖޭއަށް ގެނެވި، ޖެނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި މީގެ އިތުރުން، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެން ދިޔުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރަން ހަމަޖެހިފައިވާކަންވެސް ހާމަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!