ޚަބަރު

އަސްލަމްގެ ނުސީދާ ރައްދެއް: ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ ނިންމުމަށް އިހުތިރާމްނުކޮށް ލިބޭނެ މޮޅެއް ނެތް

އައިކާ ޔުނާން ، ދެން އޮންލައިން

ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ ނިންމުމްތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާއި އެކަން ނުކުރާނަމަ ލިބޭނެ މޮޅެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނުސީދާ ރައްދެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވައިފިއެވެ.

Ads by Sosun Fihaara

ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާނަށް ފަހު, މަޖިލީހުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު އަސްލަމް ވިދާޅުވީ, ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގެ ތެރެއިން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

އެކަން އެގޮތަށް ނުކުރާނަމަ ދައުލަތުގެ ހަމަ ގެއްލިގެންދާނެ ކަމަށާއި އެއީ ދައުލަތަށް ލިބޭނެ ގެއްލުމެއްގެ ގޮތުގައި އަސްލަމް ސިފަ ކުރެއްވިއެވެ.

"އެއީ މި ދައުލަތަށް ހެވަކަށް ވެސް ވާނެ ކަމެއް ނޫން. މި ދިވެހި ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް" އަސްލަމް ވިދާޅުވިއެވެ.

ސީދާ ކޮން ކަމެއް ކަން ވިދާޅުނުވިނަމަވެސް އަސްލަމް އިޝާރާތް ކުރެއްވީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމުން ކަމަށް ބެލެވެއެވެ. އެ ތިން ވަޒީރުން ވެސް މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައިވެއެވެ.

އެ ކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ބޮއިކޮޓު ކޮށްފައެވެ.

 

Ads by Allied Insurance
  1. އަސްލަމް ކޮއްޔާ އަކީ ވ ބަސްނާހާ ރުންކުރު ކއްޔާއެއް ކިތަށް ސޮސެޖް ދުވާލަކަށް ފަރީއްކުޅުއްވަނީ