ގޯއްޗާއި ފްލެޓް ނުދީފިނަމަ މުއިއްޒު ވެރިކަމުން ބާލާނަން: ބޮންޑެ
ގޯއްޗާއި ފްލެޓް ނުދީފިނަމަ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުން ބާލާނެ ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ބޮންޑެ ވިދާޅުވީ މާލެއަށް އެކި އަތޮޅުތަކުން އައިސް ތިބި އެތައް ބަޔަކު ވަންނާނެ ތަނެއް ނެތިފައި އެބަތިބި ކަމަށެވެ. ނަފްސާނީ މައްސަލަތަކާއި މަސްތުވާތަކެއްޗާއި އިޖްތިމާޢީ ހުރިހާ މައްސަލައެއްގެ އަސްލަކީ ވެސް ދިރިއުޅެވޭނެ ތަނެއް ނެތުން ކަމަށް ބޮންޑެ ވިދާޅުވިއެވެެ.
“ކައިވެނި ކުރުމުގެ ހައްގު، ކައިވެންޏެއް ކުރެވޭނީ ވެސް އުޅޭނެ ތަނެއް ވެސް ހުރެގެން. އެހެންވީމާ ހުތުބާގައި ކިތަންމެ ވަރަކަށް ރަނގަޅަށް އުޅޭށޭ ބުންޏަސް ދިރިއުޅޭނެ ތަނެއް ނެތި އެކަމެއް ނުކުރެވޭނެ” ބޮންޑެ ވިދާޅުވިއެވެ.
އެންމެ އިސްކަން ދޭންވީ ކަމަކީ ދިރިއުޅޭނެ ތަން ހޯދައިދިނުން ކަމަށާއި މިކަން ހައްލު ކުރުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި އެމްއެންޑީއެފާއި ޑިޒާސްޓާ މެނޭޖްމެންޓާއި ގުޅިގެން ބަލާފައިވާ ކަމަށާއި ރައީސް މުޢިއްޒު އުޅުއްވަނީ ގޯއްޗާއި ފްލެޓް ނުދޭން ކަމަށް ބޮންޑެ ތުހުމަތު ކުރެއްވިއެވެ.
“ 4000 ފްލެޓް ލިބިފައިވާ އާންމުން ދާއިމީ ލިސްޓުން ނެރުނުއިރުވެސް ޕޮއިންޓު ލިބުނު ގޮތެއް، އެހެން އެއްޗެއް ނެތް. ހަގީގަތުގަ މާދަމާ ފްލެޓް ދޭނަމޭ ކިޔައިގެން އިންތިހާބު ކާމިޔާބުކޮށްފަ ނުދޭން” ބޮންޑެ ވިދާޅުވިއެވެ.
އެހެންކަމުން ގޯއްޗާއި ފްލެޓް ނުދީފިނަމަ އެންމެން އެކީ ނިކުމެ ރައީސް މުޢިއްޒު ވެރިކަމުން ބާލާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑގެކިތަށް އަނގަ
މުޢިއްޒުއަށް ވެރިކަން ދެއްވީ ތިބޭފުޅާތޯ؟
ބޮންޑެމެން ތިޔަހެން ފުއްޕީމައި މީހުން ބިރުން ތެޅުނު ޒަމާން މާޒީވެއްޖެ
ބޮންޑަ މޮޔަފުޅުވީތަ އަދި ދުނިޔެރަންވެގެން ތިގަންނަން ނުޖެހޭ ފުލެޓުތައް ހަދާނުނިމޭ ނިމުނީމަލިބޭނެ ޙައްގުވެރީންނަށް
ޚަލޭމެން ފުއްޕާނީ ކަލޭމެންކަހަލަ މީހުންގެ ކުރިމަތީގަ އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންހާ އެއްޗެއްނުކިޔޭނެ މަގާމުން ވަކިކުރަންޏާ ކުރަންވީއެއްނު ކޮންހާ ބޭކާރު ވާހަކައެއްދައްކަން
ފުލަޓައި ގޯތިނުދީގެން މުއިއްޒު ވެރިކަމުން ބޮންޑުއަށްބޭލޭނީކިހިނެށްތަ ނޮފޯރާފޭލިން ފޫގަޅަންނުއުޅެމަޑުންހުރިއްޔާމާރަގަޅުވާނެބޮންޑޫ!