ދުނިޔެ

ކުދި ސިޓީތަކުގައި ދިރިއުޅޭ އިންޑިއާގެ ދެ މިލިއަން މީހުންނަށް އޭއައި ހުނަރު ދަސްކޮށްދޭނެ: މައިކްރޮސޮފްޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މައިކްރޮސޮފްޓުން 2025 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގެ ދެ މިލިއަން މީހުންނަށް އޭއައި ސްކިލިންގެ ފުރުސަތު ފޯރުކޮށްދޭނެ ކަމަށާއި އޭއައިގެ އުސޫލުތަކާއި ގަވައިދުތަކަށް އިންޑިއާ އާއި އެމެރިކާ އިން އެއްބާރުލުން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސީއީއޯ ސަތިޔާ ނަޑެއްލާ ވިދާޅުވެއްޖެ އެވެ.

Ads by WAMCO

މި ސްކިލިންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޓިއަރ-2 އަދި ޓިއަރ-3 ސިޓީތަކުގެ އިތުރުން ރޫރަލް ސަރަޙައްދުތަކުގައި މީހުން ތަމްރީނުކުރުމާއި އިންކްލޫސިވް އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުންތައް އަންލޮކް ކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

މުމްބާއީގައި ބޭއްވި ކޮންފަރެންސެއްގައި ނަޑެއްލާ ވިދާޅުވީ، "އަޅުގަނޑު އުއްމީދު ކުރަނީ އިއްތިފާގެއް އުފެދިގެން ދާނެ ކަމަށް، އަދި މިއީ ހަގީގަތުގައި ވެސް މި ޓެކްނޮލޮޖީ ފެތުރުމަށް އެހީތެރިވެދޭ ކަމެއް،" މުމްބާއީގައި ބޭއްވި ކޮންފަރެންސެއްގައި އުސޫލެއް އެކުލަވާލައި އޭއައި ރެގިއުލޭޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ނަޑެއްލާ ވިދާޅުވި އެވެ.

ނަޑެއްލާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި އޭއައި ފެތުރުމުން އިގްތިސާދީ ކުރިއެރުން ހަމަހަމަގޮތެއްގައި ބެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!