Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ޕްލޭނެއް

މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ޕްލޭނެއް
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެކަން ހާމަކުރެއްވީ މަޖިލީހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި ހަފުލާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.
އަސްލަމް ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމގެ ސްކީމްތައް ހިންގި ނަމަވެސް މަޖިލީހުގެ މުވައްޒަފުންނަށް އެފަދަ ސްކީމެއް ނެތުމުގެ ކަންބޮޑުވުން މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ ހައުސިން ސްކީމެއް މަޖިލީހުން މުވައްޒަފުންނަށް ހަމަޖެއްސުން މުހިއްމު ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން ސަރުކާރަކުން ވެސް ނޫން ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެންޖެހޭނެ،" އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، މަޖިލީހުން އެކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށާއި އަދި އެކަމާއި ގުޅޭ ގޮތުން މުވައްޒަފުންނާއި އަމީންއާންމުގެ މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް