ދަރަވަންދޫ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ބ. ދަރަވަންދޫގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް އެދަނޑު ހުޅުވައިފިއެވެ.
ދަނޑު ހުޅުވުމަށް ހޮނިހިރު ދުވަހުގެ ރޭ އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރ އަޙްމަދު މަޙްލޫފް ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ. އަދި ހަމަ އެހެންމެ މިއަދު މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މި މަސައްކަތް ނިންމާލުމުގައި ޒުވާނުންނާއި ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގެ ފުރިހަމަ ކަންވެސް ފާހަގަ ކުރެއްވިއެވެ.
މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ. މި ދަނޑު ހުޅުވުމުގެ ގޮތުން އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ވެސް ވަނީ ކުޅެފައެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ދަނީ މަޝްރޫއު ތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގިނަ ރަށްތަކެއްގައި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.