ޚަބަރު

މަސްބޯޓަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޣައްސާން 241 ކޮމިޓީއަށް ވެސް ހާޒިރުކުރަނީ

އައިކާ ޔުނާން ، ދެން އޮންލައިން
ސަލާމަތީ ހިދުމަތްތަކާބެހެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުން --

ދިވެހި ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ދިފާއީ ވަޒީރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ވެސް ހާޒިރުކުރަން ނިންމައިފި އެވެ.

Ads by Hajj Corporation

މިދިޔަ މަސް ތެރޭގައި ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓުގާޑް ޝިޕް 246 އާއި ކޯސްޓު ގާޑު ޝިޕް 253 އިންނެވެ. އެކަން ކޮށްފައިވަނީ ކަނޑުތަކުގެ ގާނޫނުތަކާ އުސޫލާ ހިލާފަށް ކަމަށް މީގެ ކުރިން, ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ.

މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާއިރު, އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމުގައި ނިންމާފައިވަނީ ކަން ހިނގާފައިވާގޮތާމެދު ސުވާލުކުރުމަށް ވަޒީރު ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

ވަޒީރު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ނިންމާފައިވާއިރު, މި މައްސަލައިގައި މަޖިލިސް ތަޅުމުގައި ސުވާލުކުރަން ވެސް މެންބަރަކު ވަނީ ހުށަހަޅައިފައެވެ.

ޣައްސާން އާ ސުވާލުކުރަން ނޯޓިސް ފޮނުވާފައިވަނީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އޭނާ ހުށަހެޅީ އިންޑިއާ ސިފައިން މަސްބޯޓަށް އަރާފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދު ތެރޭގައިތޯ ޑިފެންސް މިނިސްޓްރީއަށް ކަށަވަރުވެފައިވޭތޯ އާއި އެކަމުގެ ތަފްސީލު ހޯދުމަށް އެދިފައެވެ. އަދި, މި މައްސަލައާ ގުޅިގެން ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރަައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!