Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދޮގު ހަބަރު ފަތުރާ ތިން ވެބްސައިޓަކަށް ފިޔަވަޅު އަޅަނީ

ދޮގު ހަބަރު ފަތުރާ ތިން ވެބްސައިޓަކަށް ފިޔަވަޅު އަޅަނީ
މީޑިއާއެއް ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ތިން ވެބްސައިޓަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިިފިއެވެ. އެމްއެމްސީން ފިޔަވަޅު އަޅަން ނިންމާފައިވަނީ ކުރުސި.ކޮމް، ދިޔަވަރު.ކޮމްގެ އިތުރުން ދޮންއަމާ.ކޮމް ނަމަކަށް ކިޔާ ވެބްސައިޓަކަށެވެ. އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. އެމްއެމްސީން ބުނީ، ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށް ކަމަށެވެ. އެހެން ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މި ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށް އެމްއެމްސީން ބުންޏެވެ.
ވަކިން ހާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖްތަމައަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގެ ހަގީގީ މައުލޫމާތު މީހުންނަށް ހަގީގަތް ސާފު ނުވާ ކަން މި ކައުންސިލަށް ވަނީ ފާހަކުރެވިފައި
އެ ތިން ވެބްސައިޓްތަކާ ގުޅޭ ގޮތުން ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް  ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ކަމަށް އެމްއެމްސީން ބުންޏެވެ. މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އެމްއެމްސީގެ ގިނަ މެންބަރުން ދެކެއެެވެ. އެހެންވެ ކައުންސިލުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައ،ި ކަމާގުޅޭ އުސޫލެއް ހަދަން އިއްޔެ ބޭއްވި ކައުންސިލްގެ ޖަލްސާއިން ފާސްކޮށްފައެވެ. އެމްއެމްސީން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި މީޑިއާތަކާއި ކަމާގުލޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިޔަށް ގެންދާނެ ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ބޭނުން ހިފާއިރު އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖްތަމައު ތެރޭ ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުތަކާ އަދި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް