Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީސް އިންތިހާބަށް އޮފިޝަލުން ތަމްރީނުކުރަން ފަށައިފި

މަޖިލީސް އިންތިހާބަށް އޮފިޝަލުން ތަމްރީނުކުރަން ފަށައިފި
އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުންގެ ތަމްރީން ޕްރޮގްރާމް އިލެކްޝަން ކޮމިޝަން (އީސީ) އިން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ދަށުން އެކި ރަށްރަށުގައި ވެސް އީސީގެ ފަރާތުން ދަނީ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ. ހަތް ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޓްރެއިނިން ފަށާފައި ވަނީ ހޮނިހިރު ދުވަހުއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދައިން އެކި ރަށްރަށަށް އެ ކޮމިޝަންގެ ފަރާތުން އޮފިޝަލުން ޓްރެއިންކުރަން  ހަމަޖެހިފައިވާ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ. ހަބީބު އިތުރަށް ވިދާޅުވީ މިހާތަނަށް އިންތިޚާބުގައި ހަރަކާތްތެރިވާން ބޭނުންވާ ނޫސްވެރިން އަދި އޮބްސާވަރުންގެ ފޯމް އެބަ ލިބޭ ކަމަށެވެ. ނަމަވެސް ހިތްހަމަޖެހޭ ވަރަށް މި ފޯމްތައް ނުލިބޭކަން ހަބީބް ފާހަގަކުރެއްވިއެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން އިންތިޚާބާއި ގުޅޭ އިދާރީ މަސައްކަތްތައް ނިންމާލުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް