Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބްރިޖު އަޅަނީ ޝަރަފެއް ހޯދާކަށް ނޫން، އިގުތިސޯދު ކުރިއަރުވަން: ރައީސް

ބްރިޖު އަޅަނީ ޝަރަފެއް ހޯދާކަށް ނޫން، އިގުތިސޯދު ކުރިއަރުވަން: ރައީސް
ބްރިޖު އަޅަނީ ޝަރަފެއް ހޯދާކަން ނޫން ކަމަށާއި އެކަން ކުރަނީ އިގްތިސޯދު ކުރިއެރުވުމުގެ ނިޔަތުގައި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އެެހެން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖުގެ މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަޝްރޫއުގެ ދިރާސާގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިންނެވެ. ''އެންމެ މުހިއްމު ވައުދު އެއީ އައްޑޫ ބްރިޖުގެ ވައުދު ހަގީގަތަށް ހެދުމަށް އެންމެ މުހިއްމު އެއްބަސްވުމުގައި ސޮއިކުރެވުނީ. މިއީ ހަމައެކަނި ފީޒިބިލިޓީ އެކަނި ހަދާލަންކުރާ ކަމެއް ނޫން'' ހުޅުމީދޫ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ. ކުރީގެ ހައުސިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ރައީސް މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖު އެޅުމަށްވެސް އެންމެ ފުރަތަމަ ސޮއިކުރީ ފީސިބިލިޓީ ހެދުމާއި ޑިޒައިން ކުރުމުގެ އެއްބަސްވުމެއްގައި ކަމަށެވެ. އެފަދަ މަޝްރޫއުތައް ފަށާއިރު ވަރަށް ތަފްސީލުކޮށް ދިރާސާތަކެއް ހަދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫގައި އަޅާ ބްރިޖުވެގެން ދާނީ ރާއްޖޭގައި މިހާތަނަށް އެޅޭ އެންމެ ބޮޑު އަދި އެންމެ ދިގު ބުރިޖަށެވެ. ''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ރާއްޖެއަކު މިއަށްވުރެ ބޮޑު ބްރިޖެއް ނެހެދޭނެ. މިވަރު މަސައްކަތެއް ކުރާއިރު ރައްޔިތުންނާ ވަރަށް ގާތުން  ޓެކްނިކަލް މަސައްކަތްތަކެއް ކުރެވެން ޖެހޭނެ ރައީސް ވިދާޅުވީ ފީސިބިލިޓީ ސްޓަޑީޒް ނިމުމާއި ބްރިޖުގެ ހެދުމުގެ އަމަލީ މަސައްކަތް ފަށަން ކޮންޓްރެޓަރަކާއި ހަވާލުކުރެވޭނެ ކަމަށެވެ. ދެއްވި ޔަގީންކަމަކީ މި އަހަރު ތެރޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމެވެ. އަދި މި ދައުރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ބްރިޖު އަޅަނީ ވަކި ޝަރަފެެއް ހާސިލުކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
މިއީ ޝަރަފަކަށްޓަކައި ކުރާ ކަމެއް ނޫން ހަމައެކަނި އެންމެ މުހިއްމީ އިގްތީސާދީ ކުރިއެރުމަށްޓަކައި ކުރާ ކަމަކަށް ވެގެން ދިޔުން
އައްޑޫ އަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް