Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޭޕީއޭގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަޒަރުބައިޖާނަށް

އޭޕީއޭގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަޒަރުބައިޖާނަށް

14 ވަނަ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީ (އޭޕީއޭ) ގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.

އަސްލަމް، އަޒަރުބައިޖާނަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

14 ވަނަ އޭޕީއޭގެ ބައްދަލުވުން ކުރިއަށްދާނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫ ގައި، މި މަހުގެ 21 އިން 24 އަށެވެ.

Advertisement
Allied Insurance — Square (box)

"އޭޝިއާގައި ދެމެހެއްޓެނިވި ތަރައްގީއަށް ސަރަހައްދީ އެއްބާރުލުން ދިނުން" މި ޝިއާރުގެ މައްޗަށް ބާއްވާ ޕްލެނަރީ ސެޝަންގައި އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ 40 މެމްބަރުންގެ އިތުރުން ގާތްގަނޑަކަށް 10 ގައުމެއްގެ ޕާލަމެންޓުގެ ސްޕީކަރުން ބައިވެރިވާނެއެވެ.

މި އެސެމްބްލީގައި އޭޕީއޭގެ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުންތަކުގެ އިތުރުން ސިޔާސީ، އިގްތިސާދީ، ބަޖެޓް އަދި ޕްލޭނިންގެ އިތުރުން އިޖުތިމާއީ އަދި ސަގާފީ ކަންކަމާ ގުޅޭ ސްޓޭންޑިން ކޮމިޓީތަކުންވެސް ބައްދަލުވުންތައް ބާއްވާނެއެވެ.

ބަކޫ ޑެކްލަރޭޝަން އާއި އޭޕީއޭ ސެކްރެޓޭރިއޭޓްގެ ފައިނަލް ރިޕޯޓް ބަލައިގަތުން ވެސް އޮންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް