Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި ކާނުތައް ސާފުކުރަނީ

މާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި ކާނުތައް ސާފުކުރަނީ

މާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި ކާނުތައް ސާފުކުރަމުން އަންނަކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މާލޭގެ ދެ ސަރަހައްދު ކަމަށްވާ <span class="css-1qaijid r-bcqeeo r-qvutc0 r-poiln3">މ. ބޮޑުތަކުރުފާނުމަގާއި، މުއިވެޔޮ މަގުގެ ކާނު ސާފުކުރުން ކުރިއަށް ދާ ކަމަށެވެ. </span>

މާލޭގައި ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement
Allied Insurance — Square (box)

މަގުތަކުގައި ފެންބޮޑުވުމަކީވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވެ ތާށިތައް ކުރިމަތިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކުން ކުނިތައް އެރުމުން އެކި ކަހަލަ ނަޖިސް މަގުތައް މަތީ ފެތުރެއެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އަދި މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްވެސް ކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް