ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް

ވިލިމާލެ ކައިރިން ދަތުރު ކުރަމުން ދިޔަ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުން ތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ބުރާސްފަތި ދުވަހު 19:48 ހާއިރުއެވެ.
ބްރިޖު ހަދާ އެފްކޮންސް ކުންފުނީގެ ލޯންޗަކާއި ރިސޯޓެއްގެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި 13 މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން 6 މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައިއެވެ.
އައިޖީއެމްއެޗުން ބުނީ ހަ މީހުންގެ ތެރެއިން ދެ ބިދޭސީ މީހެއްގެ ހާލު ސީރިއަސްކަމަށާއި އެ ދެމީހުންނަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން އެކަކު ހޮސްޕިޓަލުގެ ވާޑުގައި އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ އިރު ދެން ދެން ތިބި ތިންމީހުން އެމާޖެންސީގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ..