ޚަބަރު އިޖުތިމާޢީ ސަރުކާރު

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށްނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

Ads by Hajj Corporation

މި އިނާމަށް ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާއި ބެހޭ ކޮމިޓީއިން ހުޅުވާލާފައިވަނީ މިއަދުއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މި އިނާމަކީ 35 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން އެމީހެއްގެ މަގާމުގެ މަސްއޫލިއްޔަތު އިހުލާސްތެރިކަމާއި ގާބިލުކަމާއި އެކު އަދާކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ދެވޭ އެންމެ ޝަރަފްވެރި އިނާމެވެ.

މި އިނާމުގެ ގޮތުގައި ދެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، ޝަރަފުގެ އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުވައްޒަަފަކު މަސައްކަތް ކުރާ ނުވަތަ ކޮށްފައިވާ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.

އަދި ކުންފުންޏެއއް ނުވަތަ މުވައްސަސާއަކުން، މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކޮށްފައިވާ، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެކަމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީއިން ވަނީ ބުނެފައިއެވެ.

މި އިނާމު ދިނުމަށް އެ ކޮމިޓީއިން މައިގަނޑުގޮތެއްގައި ބަލާނެ ކަންކަމަކީ، އިހުލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، ގާބިލުކަމާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުން، ފަރުވާތެރިކަމާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!