Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ކާރަކާއި ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެއްޖެއެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުމާލެ ފޭސް އެކެއްގެ ނިރޮޅު މަގު ދެވަނަ ރުއްގަޑާ ހިސާބުން ދުއްވާފައި ދިޔަ ކާރެއްގައި ފަހަތުން އައި ވޭނެއް ޖެހުނު ވަގުތު ކާރު ގޮސް ޕާކްކޮށްފައި އޮތް އެހެން ކާރެއްގައި ޖެހިފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:20 ހާއިރުއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ކާރާއި ވޭން ދުއްވި މީހާއަށް އަނިޔާވެފައިވާ ކަމަށެވެ. ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެއީ 46 އަހަރުގެ މީހަކާއި 52 އަހަރުގެ މީހެއްކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ އަތުގައިވެސް ލައިސަންސް އޮވެއެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް