ޚަބަރު

މަޖިލިސް މެޖޯރިޓީ މުހިންމު ވަނީ ރާއްޖޭގައި ޑިމޮކްރެސީ ހިމާޔަތް ކުރަން: އެމްޑީޕީ

ފައިނާ ފާއިޒް ، ދެން އޮންލައިން
އެމްޑީޕީން މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ނަގަން ބޭނުންވަނީ ރާއްޖޭގައި ޑިމޮކްރެސީ ހިމާޔަތް ކުރަން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

Ads by Sosun Fihaara

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ޕާޓީން މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ މި ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އިހުތިރާމް ކުރުން ހުއްޓާލާފައިވާ ކަަމަށެވެ. އަދި މަޖިލީހުގެ ނިންމުތަކުގެ މައްޗަށް ސަރުކާރުގެ ނިންމުންތައް އިސްކުރަމުންދާ ކަމަށްވެސް އީސާ ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމުންވެސް، ވަޒީރުން ދެވަނަ ފަހަރަށް އައްޔަންކޮށްފައި ކަމަށް އިސާ ވިދާޅުވިއެވެ. އަދި މަޖިލީހުން ފާސް ކުރާ ބިލްތަކަށްވެސް ސަރުކާރުން އިހުތިރާމް ނުކުރާކަމަަށްވެސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮންމެ ނިންމުމެއް ހިފައިގެން ސަރުކާރުން ދަނީ ކޯޓަށް ކަމަށް ބުނެ އީސަ ވަނީ ފާޑުކިޔާފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށް އީސަ ތުހުމަތު ކުރެއްވިއެވެ. ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަޖިލީހުގެ ބާރުތަކަަށް އަރައިގަނެ ވެރިކަން ހުދުމުހުތާރު ވެރިކަމަަކަށް ބަދަލު ކުރުން ކަމަށެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާ އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލިހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެ ވެރިކަމުގެ މިސްރާބު ޚުދުމުހުތާރު ވެރިކަމަކަށް ބަދަލު ކުރުމުގެ މަަސައްކަތް ފައްޓަވައިފި

އީސާ ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުން ގާއިމުކޮށްފައިވާ މަލްޓިޕާޓީ ޑިމޮކްރަސީ ދިފާއުކުރަން އަބަދުވެސް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.

އަދި ހުދުހުތާރު ވެރިކަމަަކަށް ދާން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް ހުއްޓުވާނެކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

އެމްޑީޕިން ކުރިއަށް ގެންދާ ހުރިހާ ކެމްޕޭނު ހަރަކާތް ލޯންޗު ކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އެ ޕާޓީއިން ވަނީ އެދިފައިއެވެ.

މަޖިލިސް މެޖޯރިޓީ މުހިންމު ވަނީ ރާއްޖޭގައި ޑިމޮކްރެސީ ހިމާޔަތް ކުރަން ކަމަށް އެމްޑީޕީން ބުނެފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރާއްޖޭގެ ގައުމީ ދިދަ, ފަހުރުވެރި ކަމާއެކު ވިހުރެވެން ޖާގަ ލިބޭނީ  މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ މައި ދެ ޕާޓީ, ޕީޕީއެމް-ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބިގެން ކަަމަށް ސީނިއާ އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަޙީމް އަބްދުالله ވަނީ އިއްޔެ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ކޮންމެވެސް

    ކަލޭމެން ތިވާހަކަ ދައްކާ ވަރެއް ނޫން ރަށުތެރެއިން ކޮންމެވެސް އެހެން ކަމަކާ އުޅޭ. ކަލޭމެން ވެރިކަން ކުރީ ކިހިނެއް

  2. ޑިމޮކްރަސީއެއްނޫން ޙިމާޔަތް ކުރަން ތިއުޅެނީ ލާދީނީ ކުރިއަރުވަންތިއުޅެނީ