ޚަބަރު އިޖުތިމާޢީ ޝަރުޢީ ދާއިރާ

އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަހުރި: ޕީޖީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ޕީޖީ އޮފީސް

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ވިސްނުން އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަނަސް މަރާލިތާ ހަތް އަހަރެއްހާ ދުވަސް ފަހުން އެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައިއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ނުލިބޭ ކަމަށެވެ. ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، ނިންމާ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވާފައިވާއިރު ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

ނަމަވެސް މި ތިން މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތުވެފައިއެއް ނުވެއެވެ.

މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. އޭނާ މާރާލާފައިވަނީ އެތަނަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައި ހަމަލާދީގެންނެވެ.

އަނަސް އަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއް ގުޅިގެންނެވެ. އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވިއެވެ. އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ވެސް އުފުލިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!