Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގައި ހަތަރު މީހުން ހައްޔަރުކޮށްފި

ފުލުހުންނަށް އިންޒާރުދީ މައްސަލަ އެއް ގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެކަން ހިނގާފައި ވަނީ މި މަހުގެ 11 ވަނަ ދުވަ ކަމަށެވެ.

ފުލުހުން ބުނީ އެ ދުވަހު މެންދުރު 1:20 ހާއިރު ހުޅުމާލެ ފޭސް އެކެއް ގައި ޓްރެފިކް ގަވާއިދާ ހިލާފަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް މަޑު ކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)
އެ ސައިކަލް ފޭސް ދޭއްގެ ހިޔާ 11 ޓަވަރު ކައިރީން ހުއްޓުވާ ސައިކަލް ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަދި އެތަނުގައި ތިބި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ނިސްބަތްކޮށް އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އެކި ދުވަސްމަތީން ކޯޓު އަމުރުގެ ދަށުން ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދެ މީހަކާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ.
އުމުރުން 21 އަހަރުގެ މީހާއާ 24 އަހަރުގެ މީހާ ހުޅުމާލޭއިން ހައްޔަރުކުރި 21 އަހަރުގެ  21 އަހަރުގެ އަނެއް މީހާ ހައްޔަރު ކުރީ މިއަދު މާލެ އިންނެވެ. އަދ 26 އަހަރު މީހާ ހައްޔަރު ކުރީ ލ. ގަމުން

ފުރަތަމަ ހައްޔަރު ކުރި ތިން މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ހާޒިރު ކުރުމުން 21 އަހަރުގެ މީހާ ދެ ދުވަހު އެ އުމުރުގެ އަނެއް މީހާ އާއި 24 އަހަރުގެ މީހާގެ 10 ދުވަަހަށް ބަންދުކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް