ޚަބަރު އިޖުތިމާޢީ

މިއަދު މެންދުރު ވިލިމާލެއިން 15 މިނިޓަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޓެލްކޯ

މިއަދު މެންދުރު ވިލިމާލެއިން 15 މިނިޓަށް ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

Ads by MWSC

އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައި ވަނީ ހޫނު މޫސުމާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭގެ ޕަވާރ ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިއަދު 14:00 އިން 14:15 އަށް މި މަސައްކަތް ކުރިއަށް ދާ ވަގުތު މުޅި ވިލިމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައިއެވެ.

މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައިއެވެ.

ސްޓެލްކޯއިން ވަނީ މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން 1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ރާއްޖެގެނެވި ބެހެއްޓުމުގެ މަސައްކަތް ފަށާފައިއެވެ.

އަދި ޕީކް ސީޒަންގެ ކުރިން އިތުރު ދެ ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކޮށް، ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު، މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރަން ވަނީ ހަމަޖެހިފައިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!