ޚަބަރު

އައިޓީބީ ބާލިންގައި ބައިވެރިވާ ދިވެހި ޝެފުންގެ ޓީމް ޖަރުމަނަށް ފުރައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

6-5 މާޗް އަށް ޖަރުމަނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، އައިޓީބީ ބާލިން 2024 ގަައި ބައިވެރިވުމަށް ދިވެހި ޝެފުންގެ ޓީމް ޖަރުމަނަށް ފުރައިފިއެވެ.

Ads by STELCO

މި އަހަރުގެ އައިޓީބީ ބާލިން 2024 ގައި ދިވެހި ޝެފުންގެ ޓީމުގައި ބައިވެރިވަނީ ކެއްކުމުގެ ދާއިރާއިން ގިނަ ވަނަ ތަކެއް ހޯދާފައިވާ ދިވެހި އެގްޒެކެޓިވް ސޫ ޝެފް އިބްރާހިމް ޒުހައިރުގެ އަދި ޒުވާން ދެ އަންހެން ޕޭސްޓްރީ ޝެފުން ކަމަށްވާ އާމިނަތު ލަހުފާ އަދި ޖުނައިނާ ޖަމްޝީދުއެވެ.

ޝެފުންގެ ޓީމުމް އައިޓީބީ ފެއާގައި ހުންނަ ރާއްޖޭގެ ސްޓޭންޑްގައި ސަގާފީ ކާބޯތަކެތި ބެހުމާއި އަދި ސްޓޭންޑް ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭސަންގައި ދައްކާލުމަށް ހަމަޖެހިފައިއެވެ.

އަދި މި އަހަރު ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ މޯލްޑިވިއަން އީވްނިންގ 2024 ގައި އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު އަދި ރާއްޖޭގެ ފުރަތަމަ މާސްޓަރ ޝެފްސް މަހާ ނަޞީރުގެ ބެލުމުގެ ދަށުން ދިވެހި ޝެފުންގެ ޓީމުން 500 އަށް ވުރެ ގިނަ މީހުންނަން ބާއްވާ ގާލާ ހަފްލާގައި ދިވެހި ފިއުޝަންގެ ކާބޯތަކެތީގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ވަނީ ނިންމާފައެވެ.

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި އަދި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ.

މި އަހަރު އައިޓީބީ ބާލިން 2024 ގައި އެމްއެމްޕީއާރްސީ އިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޭންޑްގައި ފަތުރުވެރިކަމާއި ބެހޭ 100 އަށްވުރެ ގިނަ ކުންފުންޔަކުން 106 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!