ޚަބަރު

ރޯދަ މަހު ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފެމެލީ ކޯޓު

ކުރިއަށް އޮތް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ފެމިލީ ކޯޓުން އާންމުކޮށްފިއެވެ.

Ads by MWSC

ފެމިލީ ކޯޓުން އާންމުކުރި އިއުލާނެއްގައިވަނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދިނުމަށް ނިންމާފައިވަނީ ކޯޓުގައި ރަސްމީ ގަޑީގައިނަމަ ހެނދުނު 9:30އިން މެންދުރު 12:30އަށް ކަމަށެވެ.

އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭނީ ރޭގަނޑު 21:30 އިން 23:00އަށްކަމަށެވެ. އަދި ކޯޓުން ބޭރުގައިނަމަ ނުރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ރޭގަނޑު 21:30 އިން 23:00 އަށް ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ރަމަޟާން މަސް ނޫން މަސްތަކުގައި ކައިވެނިކޮށްދެމުން އަންނަނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އާއި 1:30އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ހަވީރު 4:00އިން ރޭގަނޑު 9:30 އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!