ޗަމްޕާ ބްރަދާސްއިން ކާއްޓާއި ކަރާ އަދި ފިޔާ ހަދިޔާކުރަނީ

ރާއްޖޭގައި ރިސޯޓުތައް ހިންގާ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ޗަމްޕާ ބްރަދާސްއިން، ރޯދަމަހަށް ހާއްސަކޮށްގެން ދިވެހިންނަށް 50،000 ކާއްޓާއި 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ ހަދިޔާކުރަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ލޯކަލް ގަވަމެންޓް މިނިސްޓްރީއާ މިއަދު 10 ޓަނު ފިޔާ ހަވާލުކުރަން ނިންމާފައިވާއިރު ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ރޯދަމަހުގެ ދެވަނަ ދުވަހުގެ ކުރިން ކާއްޓާއި ކަރާވެސް މިނިސްޓްރީއާއި ހަވާލުކުރެވިގެން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައިއެވެ.
އެ ކުންފުނިން ވަނީ މީގެ ކުރިންވެސް މިފަދައިން ކާއްޓާއި ކަރާ ދިވެހިންނަށް ބަހައިފައިއެވެ. މިފަހަރު މި ތަކެތި ރާއްޖޭގެ ރަށްރަށަށްވެސް ގެންދިޔުމަށް ވަނީ ހަމަޖެހިފައިއެވެ.
މާލެއަށް މިތަކެތި ބަހަން ހަމަޖެހިފައިވަނީ މިދިޔަ އަހަރެކޭވެސް އެއްފަދައިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ދިޔުމުންނެވެ.
މިދިޔަ އަހަރު މި މަސައްކަތް ކޮށްފައި ވަނީ ސިޓީ ކައުންސިލް އިންނެވެ. ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ދިއުމުން އެ ތަކެތި ލިބޭ ގޮތަށް އެކަން ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ މީހަކަށް ކަރަ އާއި ފަސް ކާށީގެ ރޭޓުން ވަނީ އެތަކެތި ދޫކޮށްފައިއެވެ.