އަލަށް ތަމްރީންކުރާ ޚަތީބުންނަށް އާދިއްތަ ދުވަހު ހުއްދަ ދޫކުރަނީ

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން، އަލަށް ތަމްރީނުކުރާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ރަސްމީ ހުއްދަ ދޫކުރަން ފަށްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވިދާޅުވީ ޒުވާން ޚަޠީބުންގެ އިންޓަވިއު ނިމި، މާލެ ސަރަޙައްދުގައި ތިބި ފަރާތްތަކުގެ އަމަލީ ތަމްރީނުތައް މިހާރު ފަށާގައިވާ ކަމަށާއި ތަމްރީނު ނިންމައި 10 ވަނަ ދުވަހު ރަސްމީ ހުއްދަ ދޫކުރާނެ ކަމަށެވެ، އަދި ރޯދަ މަހު އެ ޒުވާނުން ޚުޠުބާ ކިޔާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ ހުރިހާ އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.